-Advertisement-

-Advertisement-

ރައީސް ތ.ގުރައިދޫއަށް ވަޑައިގަންނަވައިފި!

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ތ.ގުރައިދޫއަށް ވަޑައިގެންފިއެވެ.

ރައީސް ގުރައިދޫ އަށް ވަޑައިގެންނެވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރާއްޖޭގެ ރަށަކަށް ވަޑައިގަންނަވާނީ އެންމެ މަތީ އިންސައްތައެއް ހޯއްދަވާ ރަށަކަށް ކަމަށް ވިދާޅުވެފައިއެވެ. އެގޮތުން ގުރައިދޫއަކީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ރަށެވެ. ރައީސަށް ގުރައިދޫން %74 ވޯޓު ލިބިވަޑައިގަތެވެ.

އެމަނިކުފާނު ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެގޮތުން ކުދި ބޮޑު އެންމެން ވަނީ، ދިވެހި ހެދުމުގައި ރައީސަށް މަރުހަބާ ދަންނަވާފައެވެ. އަދި މުޅި ރަށް ވަނީ ދިވެހި ދިދައިން ޒީނަތްތެރިކޮށްފައެވެ.

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-