ތިން ގައުމަކަށް ސަފީރުންގެ ގޮތުގައި ތިން ބޭފުޅުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.
ތިން ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވާފައިވާއިރު، ސަފީރުން އައްޔަން ކުރުމަށް ނިންމާފައިވަނީ ސްރީލަންކާ، މެލޭޝިއާ، ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށެވެ.
ބޭރު ގައުމުތަކަށް ސަފީރުން ކަނޑައެޅުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބޭފުޅުން:
- މަސްއޫދު އިމާދު، މ.ތުޅާގިރި – ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކަމަށް
- މަރިޔަމް ޝަބީނާ އަހުމަދު، މ.ރުއްފުށި – މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކަމަށް
- ޤީލާ އަލީ، މ.ގިލަވިލާ – ކިންގޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކަމަށް
އެބޭފުޅުންނަށް ރުހުން ދިނުމާއި މެދު މަޖިލީހުން ގޮތެއް ނިންމާނީ އެ ބޭފުޅުންގެ ނަން، ކޮމެޓީން ދިރާސާ ކުރުމަށް ފަހު މަޖިލީހަށް ރިޕޯޓް ހުށަހެޅުމުންނެވެ. އަދި އެ ބޭފުޅުންނަށް ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި، ވަކިވަކިން ނެގޭ ވޯޓަކުންނެވެ.