-Advertisement-

-Advertisement-

ލޯފަން މީހުން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މައުލޫމާތު ދެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފައިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައި ކަމަށެވެ.

އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 22:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 15:00 ން ހަވީރު 18:00 ގެ ނިޔަލަށް 1414ގެ ޚިދުމަތް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-