-Advertisement-

-Advertisement-

28 އަހަރުގެ ފިރިހެނަކަށް މިޔަރެއް ހަމަލާދީ ބޮޑެތި ޒަހަމްތަކެއް

މިޔަރު ހަމަލާދިން މީހާ ވަނީ އިތުރު ފަރުވާއަށް ހދ. ކުޅުދޫފުއްޓަށް ގެންދެވިފަ /ފޮޓޯ: އިހަވަންދޫ މަސްވެރިންގެ އެފްބީ

28 އަހަރުގެ ފިރިހެނަކަށް މިޔަރެއް ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ  ފާނަ މަސްވެރިކަން ކުރަމުން އައި ހއ. އަތޮޅުގެ މީހަކަށެވެ. އެއާ އެކު ހއ. ހޯރަފުށީ  ހެލްތު ސެންޓަރުގައި އޭނާއަށް ފަރުވާދޭން ފެށުމަށްފަހު މިހާރު ވަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފ. ފީއަލީ ދޯންޏެއްގައި މަހަށްގޮސް އުޅުނު މި މީހާގެ ކަނާތުގައި ވަރަށް ފުން ޒަހަމްތަކެއް އެބަހުރި ކަމަށާއި އޭނާގެ އަތުން އަދިވެސް ލޭމަނާ ނުވާކަމަށް އޭނާއަށް މިހާރު ފަރުވާ ދެމުންދާ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފަހަކަށްއައިސް މަހަށް ގޮސް އުޅޭ މީހުންނަށާއި ޑައިވިނަށް ގޮސް އުޅޭ މީހުންނަށް މިޔަރު ހަމަލާދިނުން މިވަނީ އިތުރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-