ހަ ރޯދަ ނިމެންދެން މަޑުނުކޮށް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވުމާއި ގުޅިގެން މަޖިލީހުން މަސައްކަތް ކުރަނީ އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ފަހު އިންތިހާބު ފަސް ކުރުމަށެވެ.
އެ ބިލާ ގުޅޭ ގޮތުން މިއަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.
އެއީ، މަޖިލީހުގެ ހިނގަމުންދާ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލީހަށް އާ މެންބަރުން އިންތިހާބުކޮށް، ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީއެވެ.
މީގެއިތުރުން ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބު ފަސް ކުރާ ކަމަށް ވަނަމަ, އިންތިހާބަށްފަހު ކަމެއް ހިނގައިފި ހާލަތެއްގައި އެކަން ހައްލު ކުރުމަށް ނުވަތަ ރިއާޔަތް ކުރުމަށް ކޮންމެވެސް ވަރެއްގެ މުއްދަތެއް އޮތުމަކީ ބޭނުންތެރި ކަމެކެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ މާޗު 17 ގައެވެ. އެއީ ރޯދަމަހުން 7ވަނަ ދުވަހެވެ.