ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްމަރްޙޫމް އަލްއުސްތާޛު އިސްމާޢީލް ވިޝާމްގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފިއެވެ.
ބާ ކައުންސިލް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ތައުޒިޔާގެ ދަފްތަރުގައި ފަސޭހައިން ސޮއިކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށް އިއްޔެއިން ފެށިގެން 3 ދުވަސް ވަންދެން މި ފޮތް ބޭއްވިފައި އޮންނާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގްރައުންޑް ފްލޯރގައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.
މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދަފްތަރުގައި ސޮއިކުރުމުގެ އިންތިޒާމު ބާ ކައުންސިލުގެ އޮފީސް، މ. ވީނަސް، 4 ވަނަ ފަންގިފިލާގައި، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.
ތަޢުޒިޔާގެ މި ދަފްތަރަކީ ޤާނޫނީ ދާއިރާ އާއި އެނޫން ވެސް އަލްއުސްތާޛު އިސްމާޢީލް ވިޝާމްއާ ގާތް އެންމެހާ ބޭފުޅުން ލިޔުއްވުމަށް ހުޅުވައިލެވޭ ދަފްތަރެކެވެ. މިފޮތުގައި ވީހާ ގިނަ ފަރާތްތަކަކުން ސޮއިކުރެއްވަށް ބާ ކައުންސިލުން އިލްތިމާސް ކުރެއެވެ.