-Advertisement-

-Advertisement-

ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުން އަވަސްކުރަން ގޮވާލައިފި

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ކުރީގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މަސައްކަތް ފަށާފައިވާ 4،000 ފުލެޓަށް ޝަރުތު ހަމަވާ މީހުންނަށް ފުލެޓް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށާއި އެކި ސަބަބުތަކާހުރެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ލަސްވެގެން ދިޔުމުން ފްލެޓްތަކުގެ ހައްގުވެރިންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ފްލެޓްގައި ދިރިއުޅެވެންދެން އާމްދަނީގެ ގޮތުގައި ބޮޑު ބައެއް ކުލީގެ ގޮތުގައި ދިރިއުޅޭ ތަނަށް ހަރަދުކުރަންޖެހޭ މީހުން ގިނަ ކަމަށްވެސް އިވާ ވިދާޅުވިއެވެ..
އީވާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ، އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ފްލެޓްތައް ދޫކުރުމަށާއި ދަތި ހާލުގައި އާއިލާ ބިނާކުރަމުންދާ މީހުންގެ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ވީ އެންމެ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-