-Advertisement-

-Advertisement-

‎ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހާޖީންނަށް އެހީވުމުގެ ފުރުސަތު ލިބިއްޖެ

ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހައްޖު މޫސުމުގައި ހާޖީންނަށް އެހީވުމުގެ ފުރުސަތު ލިބިއްޖެއެވެ.

މިކަން ހާމަ ކުރައްވާ އެކްސްގައި ކުރެވި ޕޯސްޓުގައި އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހިދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިންއެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު ވަނީ އަންގަވާފައި ކަމަށެވެ.

މީގެ އިތުރުން އެފުރުސަތު ދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއިރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ނުހަނު އިޚުލާޞްތެރިކަމާއެކު މިނިސްޓަރ ޝަހީމްވަނީ ޝުކުރު ދަންނަވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-