-Advertisement-

-Advertisement-

ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި އެވެ. ރައީސްގެ ރަސްމީ ގެކޮޅަށް އެ މަނިކުފާނު މި ބަދަލުވެވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގަތީ ތ. އަތޮޅަށް ދަތުރުފުޅު ފެއްޓެވުމުގެ އެއް ދުވަސްކުރިން މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މުލިއާގެ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައި ހުރުމުން ރައީސްގެ ދެކަނބަލުން މިހާތަނަށް ދިރިއުޅުއްވަމުން އައީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގަ އެވެ.

މުލިއާގެ މަރާމާތު ކުރަން ޖެހުނީ އެއީ ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރުމުންނެވެ. އެ މަރާމާތުތައް ކުރަނީ އެ ތަނުގެ އަސްލު ސަލާމަތް ކުރުމަށެވެ. އަދި މުލިއާގެ މަރާމާތުކުރުމުގައި އެ ތާރީހީ ބިނާގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-