-Advertisement-

-Advertisement-

ގަތަރުގައި އޮންނަ އޭއެފްސީގެ ބައްދަލުވުމަކަށް ދާން ބައްސާމަށް ހުއްދައެއް ނުލިބުން!

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް /ފޮޓޯ: އަވަސް

ގަތަރުގައި އޮންނަ އޭއެފްސީގެ ބައްދަލުވުމަކަށް ދިއުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކްރިމިނަލް ކޯޓުން ހުއްދައެއް ނުދިނެވެ.

މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާ ބައްސާމުގެ މައްޗަށް އުފުލާފައިވާއިރު އެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ފަރާތުން އެދުނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ޕާސްޕޯޓް ދޫކުރުމަށެވެ. އެއީ ގަތަރުގައި އޮތް އަންނަ ހުކުރު ދުވަހު އޭއެފްސީގެ ބައްދަލުވުމަކަށް ދާން ބައްސާމަށް ދައުވަތު ލިބިފައިވާތީއެވެ.

ނަމަވެެސް އެފްއޭއެމްގެ ފަރާތުން އެހެން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތްކަމަށާއި، އްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ޕާސްޕޯޓު ދޫކުރުމާ ދެކޮޅު ހަދާފައެވެ.

ޕީޖީ އޮފީހުން ބުނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް ވަނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން އެފްއޭއެމް އަށް ދިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފައެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-