-Advertisement-

-Advertisement-

ފްލެޓު ދިން ޝަރުތު ހަމަނުވާ 60 ޕަސެންޓު މީހުންގެ ލިސްޓު އާންމުކުރުމާމެދު ގޮތެއް ނުނިމޭ: އޭސީސީ

ހުޅުމާލޭގައި ހަދާ ފްލެޓުތައް

ގެދޮރުވެރިޔާ ފްލެޓަށް ޝަރުތުހަމަވެ ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކޮށްފައިވާއިރު އެ މީހުންގެ ލިސްޓު އާންމު ކުރުމާމެދު އަދި ގޮތެއް ނުނިމޭ ކަމަށް އޭސީސީއިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީ މިއަދު ވަނީ ހާޒިރުކޮށްފައިވާއިރު، އެ ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދީފައި އޮތް ކަމަށް ބުނާ ނަމަ، އެ ބައެއްގެ ލިސްޓު އާންމު ކުރަން ނުވަތަ އެކަން ކުރި ބަޔަކަށް އެ މީހުން ޝަރުތު ހަމަނުވި ގޮތެއް އޭސީސީން ސާފުކޮށްދޭން އެދިވަޑައިގެންފަ އެވެ.

އަދި ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާނެތޯ ވެސް ބައެއް މެމްބަރުން ވަނީ ސުވާލު އުފެއްދާފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފްލެޓް ލިބުނު ކަމަށް ކަނޑައެޅި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް އާއްމުކުރާނެތޯ އޭސީސީން ޖެހޭނީ މަޝްވަރާކުރަން ކަމަށާއި އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމަށް ނިންމައި މިދިޔަ ސަރުކާރު ނިމުމާ ގާތަށް ގޮސްފައި ވަނިކޮށް ވަނީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓެއް އާންމު ކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާޅުކޮށް އޭސީސީއަށް މައްސަލަ ހުށަހެޅުމުން ފްލެޓް ދިނުމާ ގުޅުން ހުރި މަސައްކަތްތައް މަޑުޖައްސާލުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ފްލެޓްތަކާ ގުޅޭ ގޮތުން ގާތްގަނޑަކަށް 300 މީހުން ޝަކުވާ ހުށަހެޅި އެވެ. އެ ތަހުގީގަށް ދެ މަސް ދުވަސް ފަހުން އޭސީސީން ބުނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓުކަމަށާއި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓުަކަމަށްވެސް އޭސީސީއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-