-Advertisement-

-Advertisement-

ލަމްއާނާއި މުޖުތަބާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވައިިިފި

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރި ލަމްއާނާއި ލަތީފު

މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރައްވައިފިއެވެ.

މުޖުތަބާއަކީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލްގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ. އަދި ލަމްއާނަކީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރެޖިސްޓްރާއަކަށް ހުންނެވި ބޭފުޅެކެވެ.

މުޖުތަބާ އާއި ލަމްއާން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރިއިރު، މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

މުޖުތަބާ އާއި ލައްމާނަށް ވަޒީފާ ދޭން ނިންމުމާއެކު އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-