މިއަދު ހަވީރު ކުޅެވުނު އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދުު އިބްރާހީމަށް ހަމަލާދީ އެ މެޗު ހުއްޓާލަން ޖެހިއްޖެވެ.
ކޯޗަށް ހަމަލާދީފައިވަނީ ހަމަ ނުޖެހުމުގެ ތެރެއިން ދަނޑަށް އެރި މީހެކެވެ. އޭނާ ވަނީ ކޯޗުގެ މޫނު މަތީ ގޮށްމުށުން ޖަހައި އަނގަ މަތި ފަޅާލާފައެވެ. މި ހަމަނުޖެހުން ބޮޑުވެ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީތެރިވުމަށް އިތުރު ފުލުހުންވެސް ވަނީ އެވަގުތު ދަނޑަށް އައިސްފައެވެ.
މެޗުގައި ހަމަ ނުޖެހުން ހިނގާފައިވަނ ީ3-1 ގެ ނަތީޖާއަކުން ވިކްޓަރީ މެޗުގެ ލީޑުގައި އޮށްވާ މެޗުގެ 82 ވަނަ މިނެޓުގައެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމެއް ސެމީގައި އަންނަ ހޯމަ ދުވަހު ކުޅެން ޖެހޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި ވިކްޓަރީއިން ދެ ލަނޑު ޖަހާފައިވާއިރު މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މުހައްމަދު އުމެއިރު އަދި ފާރޫކް ހައިދަރޯފްއެވެ. ކުޑަ ހެންވޭރަށް ޖެހުން ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ހަމަނުޖެހުމާއި ގުޅިގެން މެޗު ވަނީ އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލަން ޖެހިފައެވެ އަދި އަދި މެޗާ ގުޅޭ ނިންމުމެއް، މުބާރާތުގެ ކޮމިޓީން ނިންމާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.