-Advertisement-

-Advertisement-

ފެނަކަ ޑިޖިޓަލް ކުރަން 250 ކޮމްޕިއުޓަރު ހޯދަނީ

މާލީ ހާލަތު ދަށްވެފައިވާ ފެނަކަ ކޯޕަރޭޝަނަށް 250 ކޮމްޕިއުޓަރު ހޯދަން އިއުލާނުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ހޯދަނީ ކުންފުނި ޑިޖިޓަލްކޮށް، ހަރަދު ކުޑަކުރުމަށް ކަމަށެވެ.

“ޑިޖިޓަލް ކުރުމުން ކަރުދާހާއި ކާޓްރިޖަށް ހިނގާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ. އެއީ މި އިންވެސްޓުމެންޓުގެ ސަބަބުން ރައްކާކުރެވޭ ފައިސާ.” މުއާޒު ވިދާޅުވި އެވެ.

ކޮމްޕިއުޓަރުތައް ހޯދުމަށް ހިނގާނީ ލަފާ ކުރެވޭ ގޮތުގައި 2.5 މިލިއަން ރުފިޔާ ކަމަށް މުއާޒު ވިދާޅުވެފައިވާއިރު އެއީ ކޮމިއުޓަރަކަށް 10،000ރ. އެވެ. ގެޒެޓުގައި ބުނެފައިވާ ގޮތުން މި ބީލަމުގައި ބައިވެރިވުމަށް މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހަށް ރަޖިސްޓްރީކުރަންޖެހެ އެވެ. ބީލަން ހުށަހަޅަން ޖެހޭނީ މި މަހުގެ 15 ގަ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1،000 އެމެރިކާ ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-