މިނިސްޓްރީ ތެރޭގައި މަސައްކަތް ކުރާނޭ ‘މާހައުލެއް މިހާރު ނެތް’ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސިވިލް ސާރިވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ނިލްފާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އޭނާ އިސްތިއުފާ ދެއްވާ ސަބަބެއް ކަމަށް ސިޓީގައި ބުނެފައި ވަނީ މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން މަގާމުގައި އިތުރަށް ހުންނަން ޝައުގުވެރިކަން ނެތުން ކަމަށެވެ.
ނިލްފާގެ އިސްތިއުފާއާ އެކު އެ މަގާމަށް މީހަކު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
ސީއެސްސީގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އާދިއްތަ ދުވަހު އެ މަގާމަށް ވަގުތީ ގޮތުން އައިޝަތު އަލީ އައްޔަންކޮށްފައިވާއިރު ހަމަ އެ ދުވަހު އެ މަގާމަށް މީހަކު ހޯދުމަށް ވަނީ އިއުލާން ގެޒެޓްކޮށްފައި އެވެ.
މިނިސްޓްރީ ތެރެއިން ނިލްފާ ޖެހުނީ ސީދާ ކޮން މައްސަލައެއްކަމެއް ކަށަވަރެއް ނޫނެވެ. އަދި މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި މިނިސްޓަރާއި ނިލްފާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި ވަނީ މައްސަލަ ގޯސްވެފަ އެވެ