ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމަސައްކަތް ކުރިއަށް ގެންދާ ވަގުތު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 16:00 އަށެވެ.