މޯލްޑިވިއަން ސީޕްލޭން ދުއްވާ ޕައިލޮޓަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ބިރުދައްކައި އިންޒާރުދިން މައްސަލަ އެ ކުންފުނިން ފުލުހަށްހުށަހަޅައިފި އެވެ.
ސީޕްލޭން ކައިރިކުރާ ފްލޯޓިން ޕްލެޓްފޯމެއް މަތީ ޖާބިރު މޯލްޑިވިއަންގެ ކްރޫއިން އަދި ޕައިލޮޓަށް ބޭއަދަބީ ބަހުން އިންޒާރުދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައިދައުރުވަމުންދާއިރު އެ ވީޑިއޯގައި އަޑުތަކުން ޖާބިރު މޯލްޑިވިއަންގެ ޕައިލެޓަށް މަރުގެ އިންޒާރުދޭ އަޑުވެސް އިވެ އެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ކުންފުންޏާއި ފުލުހުން މިހާރު ދަނީ އެ މައްސަލަ ބަލަމުންކަމަށެވެ.
މޯލްޑިވިއަންގެ ބޯޓުތަކުން ޖާބިރަށް ދަތުރުކުރުން މަނާކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން މޯލްޑިވިއަންގެއޮފިޝަލު ބުނީ ވަކި ފިޔަވަޅެއް އެޅުމުގެ ކުރިން ބަލަން ޖެހޭ ކަންކަން މިހާާރު ބަލަމުން އަންނަ ކަމަށެވެ.