-Advertisement-

-Advertisement-

ކުރިއަށް އޮތް އެއްމަސްތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލު ކުރާނަން: ރައީސް

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލް ތަކާއި ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން މާލޭގެ މޭޔަރުގެ މަގާމު ފުރުއްވިއިރު ވެސް މަސައްކަތްޕުޅު ކުރެއްވީ އެގޮތަށް ކަމަށާއި ކުރިމަގުގައި ވެސް އުޅުއްވަން ބޭނުންފުޅުވަނީ އެ ގޮތަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“އެހެންވީމާ މި އަތޮޅު މި ނިމެނީ. އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ރާއްޖެއިން ބޭރު ދަތުރެއް އެބައިން. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް މަސް ދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް. ހުރިހާ ކައުންސިލަކާ އަޅުގަނޑުމެން ބައްދަލުކުރަން ރަށްރަށަށް ދާނަން. ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީއާ. އެކަމަކު ހުރިހާ ރަށަކަށް ނުދެވޭނެ. އަތޮޅުގެ އެކިއެެކި ރަށްރަށް ޗޫސްކޮށްފައި އެހެން ރަށްރަށުގެ ކައުންސިލްތައް ގެނެސް ކަންކަން އޮޅުން ފިލުވާނަން،” – – ރައީސް ޑރ. މުއިއްޒު

ރައީސް ޑރ. މުއިއްޒު އަންނަ އާދިއްތަ ދުވަހު ދުބާއީއަށް ވަޑައިގަންނަވާނެއެވެ. އެ ދަތުރުފުޅަށްފަހު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-