-Advertisement-

-Advertisement-

ރާއްޖޭން ބޭރުގައި އިސްލާމް ދިވެހި އަލުން ކިޔަވައިދޭން ފަށަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ރާއްޖޭން ބޭރުގައި އިސްލާމް ދިވެހި ކިޔަވައިދިނުން މިހާރު އޮތީ ހުއްޓިފައި ކަމަށާއި، މި މައްދާތައް އަލުން ކިޔަވައިދޭން ފަށަން ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

“އަންނަ ހަފްތާ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފައްޓައިގެން ކުރިއަށް ގެންދާނަން،” މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

މިނިސްޓަރު ވިދާޅުވެފައިވަނީ ލަންކާ އިންޑިއާ އަދި މެލޭޝިއާގައިވެސް ކުރިން އިސްލާމް ދިވެހި ކިޔަވައިދިން ކަމަށާއި މި މާއްދާތައް ކިޔަވައި ނުދެވި ހުއްޓުނީ މިދިޔަ ސަރުކާރުގައި އަޅާލުން ކުޑަވުމުންކަމަށެވެ.

މިނިސްޓަރު މިފަދަ އިންވިދާޅުވެފައިވަނީ ތ.އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަފައިވާ ދަތުރުފުޅުގައި އެ އަތޮޅު ވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖެއިން ބޭރުގައި ދިވެހި ދަރިވަރުން ތިބި އިތުރު ގައުމުތަކުގައި ދިވެއްސާއި އިސްލާމް ކިޔަވައިދޭން މި އަހަރު ފަށާނެކަމަށް ވިދާޅުވެފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-