-Advertisement-

-Advertisement-

ރައްޔިތުންގެ މަޖިލިސް: ރީރަޖިސްޓަރީ ކުރުމަށް 13378 މީހުން ހުށަހަޅާފައިވޭ

ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން /ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރީރެޖިސްޓަރީކުރުމަށް 13،378 މީހުން ހުށަހަޅާފައިވާކަމަށް އިލެކްޝަންސްކޮމިޝަން (އީސީގެ) ން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރީރެޖިސްޓަރީކުރުމަށް 13،378 މީހުން ހުށަހަޅާފައިވާކަމަށާއި، އޭގެތެރެއިން 11919 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި 1459 ފޯމް ބަލައިނުގަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ކަނޑއަޅާފައިވާ އަދަދު ހަމަވެފައިވަނީ އެންމެ ދެ ގައުމެއްގަ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ. އެއީ މެލޭޝިއާ އަދި ސްރީލަންކާއެވެ.

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެ ނަމަ ރީ-ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތަކަށް ހުޅުވާލާނެ ކަަމަށްވެސް އީސީން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-