-Advertisement-

-Advertisement-

ބުޅާ ފެސިލިޓީ ހަދަން ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފި

ބުޅާ ފެސިލިޓީ އެޅުމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަނީ /ފޮޓޯ: ސިޓީ ކައުންސިލް

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާ އެޅުމަށް ބޭނުންވާ ބިން އެގްރިކަލްޗާ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވުނީ ބުޅާ ފެސިލިޓީ ގާއިމު ކުރުމަށް ބޭނުންވާ ބިން މިއަދު އެގްރިކަލްޗާ މިނިސްޓަރީން އެ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ބުޅާ ފެސިލިޓީ އަޅަން އެގްރިކަލްޗާ މިނިސްޓްރީން ސިޓީ ކައުންސިލާ ހަވާލުކުރީ 5،000 އަކަފޫޓުގެ ބިމެކެވެ. އެއީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މިނިސްޓްރީއާ ހަވާލުކުރި 18،000 އަކަފޫޓުގެ ބިމުން ބައެކެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓަރ އެއް ހެދުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު އެއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-