-Advertisement-

-Advertisement-

‎ޗައިނާގެ އާ އަހަރުގެ ތަހުނިޔާ ރައީސް ޑރ މުއިއްޒު ފޮނުއްވައިފި

ރައީސް ޑރ މުއިއްޒު އަދި ރައީސް ޝީ . ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އާ އަހަރު ދުވަހުގެ ތަހުނިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފޮނުއްވައިފިއެވެ.

ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ޗައިނާގެ އާ އަހަރަކީ އެކުވެރިކަމާއި ކުރިއެރުމާއި ފާގަތިކަން ރަމްޒުކޮށްދޭ މުނާސަބާއެއް ކަމަށާއި މިފެށޭ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސްގެ މެސެޖްގައި ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުންނަށް ދުވަހުގެ ތަހްނިޔާ ފޮނުއްވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-