-Advertisement-

-Advertisement-

‎އިންޑިއާގައި ބޮޑު އެކްސިޑެންޓެއް ހިނގައި 3 ދިވެހިންނަށް ބޮޑު ޒަހަމްތަކެއް

އިންޑިއާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން ދިވެހިންނަށް ބޮޑު ޒަހަމްތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބުނީ އުމުރުން 50 އަހަރާއި 54 އަހަރާއި އުމުރުން 25 އަހަރުގެ ތިން އަންހެނުންނަށެވެ.

އަދި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 03:20 ހާއިރު ދެ ކާރެއް ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ކޮޗިން އިން ޓްރިވެންޑްރެމްއަށް ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓްގައި އުމުރުން 25 އަހަރުގެ އަންހެން މީހާގެ މޫނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު މިހާރު ޕްލާސްޓިކް ސާޖަރީ ހެދުމުގެ ޑޮކްޓަރުންއިރުޝާދުދީ، އެމަރޖެންސީކޮށް ސާޖަރީ ހެއްދުމަށް ވައްދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި އުމުރުން 50 އަހަރުގެ އަންހެން މީހާގެ ފައި ބިންދައިގެން ގޮސްފައިވާއިރު އުމުރުން 54 އަހަރުގެ އަންހެން މީހާ އަދިވެސް ހޭނާ ނާރައެވެ.

އެ ތިން މީހުން ވެސް އިންޑިއާއަށް ދިޔައީ ބޭސްފަރުވާ އަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-