-Advertisement-

-Advertisement-

‎ސްޕެއިނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓައިލައިފި

ސްޕެއިނުން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓައިލައިފައިވާ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރޭސް ވިދާޅުވެއްޖެއެވެ.

އަލްބަރޭސް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއެކު ސްޕެއިނުން ވަނީ އިސްރާއީލަށްހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓައިލައިފަ ކަމަށެވެ.

އަލްބަރޭސް މިހެން ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އެވެ.

އަލްބަރޭސް ވިދާޅުވީ އޮކްޓޫބަރު މަހު ފެށި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފުވެރި އަދި ދާއިމީ ހައްލެއް ހޯދުމުގެ މުހިންމުކަން ވިސްނުނުކަމަށެވެ

ފަލަސްތީނު ސަރަހައްދުގައި ހިނގާ އަނިޔާވެރިކަން އިތުރުވާތަން ދެކެން ސްޕެއިނުން ބޭނުން ނުވާ ކަމަށް ވެސް އަލްބަރޭސް ވަނީ ވިދާޅުވެފައިއެވެ. އަދި،27،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް ވެސް ސްޕެއިނުން ވަނީ ގޮވައިލައިފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވުމަކަށް އައުމަށް ގަތަރުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި އަލްބަރޭސް ވަނީގަތަރަށް ތައުރީފުކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-