-Advertisement-

-Advertisement-

‎ޣައްޒާގެ ރަފަހް ހުސްކުރަން ނަތަންޔާހޫ އަންގައިފި

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ

ތޮއްޖެހިފައިވާ ޣައްޒާގެ ރަފަހް ސިޓީގައި ތިބި އާންމުން ނެރެ ހަމާސްގެ މައްޗަށް ކުރި ހޯދުމަށް ބޭނުންވާ ޕްލޭންތައް ހެދުމަށް އިސްރާއީލުގެ ފައުޖުތަކަށްއެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގައިފިއެވެ.

ރަފަހް ސިޓީއަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ރައްޔިތުންގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައި މީހުން ފިލަން ތިބި ސިޓީއެވެ

ރަފަހްގައި އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށް އާންމުން ބޭރުކުރުމަށް ނަތަންޔާހޫ އަންގާފައި ވަނީ ހަނގުރާމައިގައި ދެ ފަރާތުން ހިފަހައްޓައިފައިވާއަސީރުން ދޫކޮށްލުމަށާއި ހަނގުރާމަ ހަނގުރާމަ ހުއްޓައިލުމަށް ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަންނާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ނަތަންޔާހޫގެ އެ އެންގުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ރަފަހްގައި ތިބި އާންމުންގެ ރައްކާތެރި ކަމަށް ރިއާޔަތް ނުކޮށް ފަށައިއެއްވެސް އަސްކަރީ އޮޕަރޭޝަނަކަށް އެމެރިކާއިން ތާއީދުނުކުރާނެ ކަމަށެވެ.

އެހީދޭ ޖަމާއަތްތަކުން ބުނަނީ އިސްރާއީލު ސިފައިން ރަފަހް އަށް ވަދެއްޖެނަމަ، މަރުވެގެންދާނެ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށާއި، އިންސާނީއެހީގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެ ކަމަށެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-