-Advertisement-

-Advertisement-

ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓް އުވާލާ އާ ލިސްޓެއް ނެރެނީ

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ 4000 މިހުންގެ ލިސްޓް ބާތިލްކުރުމަށްފަހު އަލުން އާ ލިސްޓެއް ނެރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިއަދު ސަރުކާރުން މިއަދު ބުނެފި އެވެ

މިގޮތަށް ނިންމާފައިވަނީ އޭސީސީއިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފުރަތަމަ 4000 މީހުންގެ ލިސްޓު ބެލުމަށް ފަހުގައި އޭގެއިން %59 މީހުން ޝަރުތު ހަމަނުވާކަމަށް އޭސީސީއިން ބުނެފައިވުމުން ކަމުގައި ސަރުކާރުން ބުނެއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށް ސަރުކާރުން ބުނެ އެވެ

އޭސީސީއިން ފްލެޓް ލިސްޓް ބަލައި ޗެކް ކޮއްފައިވަނީ ގޯސްކޮށް ކަމަށާއި އެ ލިސްޓަށް ބަދަލުގެންނަން މަސައްކަތް ކުރަނީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ރައްޔިތުގެ މަޖީލީހިގައި މިކަމާއި ދެކޮޅަށް އިދިކޮޅު މެންބަރުން ވަނީ ޝުއޫރު ފާޅުކުރައްވާފައިއެވެ.

ކުރީގެ ސަރުކާރުން ނެފައިވާ ލިސްޓަކަށް ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ނިންމަވާފައިވާ އިރުގައި ރައީސް މުއިއްޒު ވަނީ ގެޒެޓްކޮއްފައިވާ ލިސްޓުގައި ނަން ހިމެނޭ އެންމެނަށް ގޯތި އަދި ފްލެޓްދެއްވާނެ ކަމުގައި ވައުދުވެވަޑައިގެންފަ އެވެ.

އޭސީސީއިން ބުނެފައިވަނީ ގޯތި ލިބޭ މީހުންގެ ލިސްޓްގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮއް އެ ލިސްޓް ބަލައި ޗެކް ކުރުމުގެ މަސައްކަތް ކުރާނެ ކަމުގައި ބުނެފައިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-