އެމްއެންޑީއެފް، ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ބައިވެރިވެވަޑައިގެންފައިވާއިރު، އެބޭފުޅާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހުން މީހުންނަށް ވަނީ މީހުންނަށް ހެދީމަ ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާއި، އޯގާތެރިކަމާއެކު ޚިދުމަތް ދިނުން ކަމަށެވެ..
އެގޮތުން ސްޓެލްކޯގެ މަގާމާ ހަވާލުވުމަށްފަހު ރައީސް މުއިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެން ދަނީ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ފަހުމީ ވިދާޅުވިއެވެ.
އޭގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި ސްޓެލްކޯގެ ސަފުތައް ބަދަހި ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ