-Advertisement-

-Advertisement-

ހަންގޭރީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރެޝަރު ބޮޑުވުމުން ހަންގޭރީގެ ރައީސް ކެޓަލިން ނޮވާކް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކެޓަލިން އިސްތިއުފާ ދެއްވާފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވައި، ކުށްވެރިވި މީހަކަށް މައާފު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެ އޭނާއަށް ޕްރެޝަރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހަންގޭރީ ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ނޮވާކް ވިދާޅުވީ، އޭނާއަށް ކުށެއް ކުރެވިފައިވާ ކަމަށް އިއުތިރާފްވާ ކަމަށާއި މިއަދަކީ އޭނާ ރައީސްކަމުގައި ހުންނަވާނެ ފަހު ދުވަސް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަ ފޮރުވަން ނޮވާކް އެހީތެރިވެދިން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު 1،000 އަށްވުރެ މީހުން ވަނީ މަގުތަކަށް ނިކުމެ އޭނާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮވާކް އެހީވެދީފައި ވަނީ ސަރުކާރުގައި ހިމެނޭ އިސް މީހެއްގެ ދަރިފުޅު ކޮށްފައިވާ ކުށެއް ފޮރުވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-