އދ. ދިގުރަށު ސްކޫލް ހިންގުން ކުރީގެ ޕްރިންސިޕަލާއި ހަވާލު ކުރުމުން ސްކޫލް ދޮށުގައި ބެލެނިވެރިން މިއަދު އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ ކުރީގެ ޕްރިންސިޕަލާ “ސިޔާސީ މަގުސަދެއްގައި” ސްކޫލް ހަވާލު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ދިގުރަށު ސްކޫލްގެ ހިންގުން ކުރީގެ ޕްރިންސިޕަލާ ހަވާލުކުރަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނިންމާފައި ވާއިރު، އޭނާ މަސައްކަތަށް ނިކުމެފައި ވަނީ މިއަދު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރާތީ ދިގުރަށް ސްކޫލްގެ ގޭޓް ވަނީ ތަޅުލާފަ އެވެ. މިގޮތުން އިހުތިޖާޖު ކުރަމުން އަންނަނީ ސްކޫލް ގޭޓުން ބޭރުގަ އެވެ.