ދައުރުވަމުންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ފްލެޓް ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ނޫސް ބަޔާން.
— ACC-MALDIVES (@ACC_Maldives) February 11, 2024
ލިންކް: https://t.co/7RvfJdQkUv@psmnewsmv @Mihaarunews @Dhaurunews @AdhadhuMV @sunbrk @avasmv @raajjemv @vaavu pic.twitter.com/fqs3KGYReH
އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ފްލެޓް ދޫކުރުމާއި ގުޅޭ ގޮތުން، ތަޙްޤީޤުކުރަމުންދާ މައްސަލައިގައި، އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ އެކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ.
އޭސީސީގެ ލިސްޓެއް ކަމުގައި ބުނެ އެކްސްގައި ލިސްޓެއް ޝާއިރުކޮއްފައިވަނީ ކާކުކަން ނޭގޭ ގޮތަށް “ހަސަން ކުރުސީ” ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ. އެ ޕޯސްޓުގައި ވާގޮތުގައި އެސީސީގެ ތަހުގީގަށްފަހުގައި 1141 މީހަކު 3 ކޮޓަރި ފްލެޓަށް ޝަރުތު ހަމަނުވެއެވެ. އަދި އޭސީސީން ޗެކް ފޮއްފައިވަނީ ހަމައެކަނި 3 ކޮޓަރި ފްލެޓައް ކަމުގައި ތުހުމަތުކޮއްފައިވެއެވެ.
އޭސީސީއިން ބުނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހުގީގުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ ތަފުސީލު ހިއްސާކޮށްފައިވާނެ ކަމަށާއި އެއްވެސް ފަރާތަކަށް އެ މައްސަލައާ ގުޅޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން އޭސީސީއިން ބުނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި އާންމުންނަށް ދޭންޖެހޭ މައުލޫމާތު ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުންނާއި ނޫސްތަކަށް ރަސްމީކޮށް މައުލޫމާތު ދީގެން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުންކަމަށާއި ކޮމިޝަނުގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ އެއްވެސް މިންވަރެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށްވަނީ ބުނެފައެވެ.