-Advertisement-

-Advertisement-

އުކުނު އަޅާފައި ހުރެގެން ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފި

ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށާއި އެ ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށެވެ.

މަނާ ކުރަން ނިންމިތަކެތި

– 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024)

– 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024)

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-