-Advertisement-

-Advertisement-

ސެލޫނުގެ ނަމުގައި މާލޭގައި ހަށިވިއްކާ 111 ތަނެއް އެބަހުރި: މިނިސްޓަރު އިހުސާނު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

މާލޭ ސަރަހައްދުން އެކަނި ވެސް ސެލޫނާއި މަސާޖު ޕާލް ތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަސާޖުޕާލާތަކާއި ސްޕާތަކުގެ ނަންނަމުގައި ހަށިވިއްކާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފަކަމަށާއި، ހަށިވިއްކުމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެ ތަންތަނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެފަދަ މީހުން ދެނެގަނެ، ވަގުތުން ޑީޕޯޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަން މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ތަންތަނުން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓުކޮށްލުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-