-Advertisement-

-Advertisement-

ގަވައިދު ބަދަލުކޮށް ރައީސްއާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަނީ

ރައީސް ޑރ. މުއިއްޒު

ގަވައިދު ބަދަލުކޮށް ރައީސްއާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ގަވާއިދަށް މި ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެވެ. ސަލީމް މި ކަން ހާމަކުރެއްވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލަން އޭނަ ހުށަހެޅުއްވި ބިލުގެ ބަހުސް ފަށަން، މަޖިލީހުގެ ތަޅުމަށް ބިލު އިއްވަވަމުންނެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސުވާލުކުރުމުގެ ކަންކަން ހިމަނާފައި އޮންނަނީ މަޖިލިސް ހިންގާ ގަވާއިދުގައި ކަމަށާއި އެކަމަށް ވަކި ގާނޫނެއް ނޯންނަ ކަމަށެވެ.

އަދި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫން ކަމަށާއި ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު އޭރު މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ، ކަނޑު ވިއްކާލިކަމަށް ބުނާ މައްސަލައިގައި ރައިސް ސޯލިހް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައެއެވެ. ނަމަވެސް އެ ފަހަރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-