-Advertisement-

-Advertisement-

ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާދޭން ނިންމުމުން އެކަމަށް ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރޭލުން ދީފައިވާ ހަމަލާއެއްގައި ހަލާކުވެފައިވާ އިމާރާތްތަކެއް /ފޮޓޯ: އަލް ޖަޒީރާ

ޣައްޒާގެ ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާ ދޭން ނިންމުމުން ދިވެހި ސަރުކާރުން އެކަން މިއަދު ކުށްވެރި ކޮށް އެކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައިފިއެވެ.

ދިވެހިރާއްޖެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ހިންގަމުންދާ ގަތުލްއާއްމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅެމުން ދާ، އަދި އެ މީހުންނަށް ހަމައެކަނި ރައްކާތެރިކަމެއް އޮތް ދެކުނު ޣައްޒާގެ ރަފާ ސިޓީއަށް އަރައިގަތުމަށް ދިން އިންޒާރު ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނު މީހުންގެ ގެދޮރު ގެއްލުވާލައި، އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާއި، އިޒްރޭލުގެ ބާރުތަކުން އިންސާނީ އެހީއަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުކަމެއް ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ކޯޓުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވާ ވަގުތީ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އިސްރާއިލުގެ ކަމާބެހެ ފަރާތްތަކަށް ޕްރެޝަރު ކުރުމަށްވެސް ރާއްޖޭގެ ސަރުކާރުން ވަނީ ގޮވައިލައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރާއި ރައްޔިތުން ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނަށް އެހީވުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް ދީފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-