-Advertisement-

-Advertisement-

އަމާޒަކީ މަޖިލިސް އިންތިހާބުގައި މަދުވެގެން 65 ގޮނޑި ނެގުން: ފައްޔާޒު

ރައްޔިތުން މަޖިލީހުގެ މެމްބަރުން /ފޮޓޯ؛ މަޖިލިސް

އަމާޒަކީ މަޖިލިސް އިންތިހާބުގައި މަދުވެގެން 65 ގޮނޑި ނެގުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަމުންނެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ހިތުހުރި ގޮތެއް ހަދާނެކަން މިވީ ދުވަސްކޮޅުގެ ތެރޭ އެނގިގެން ގޮސްފިކަމަށާއި، ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނުމަށް އިލްތިމާސް ކުރައްވަނީ އެހެންވެ ކަމަށެވެ.

2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފައެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީއިން މާޗް މަހުގެ 17 ވަނަ ދުވަސް ކަނޑައެޅި ނަމަވެސް މިހާރުވަނީ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-