އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރި ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރުގައި އިމާމުންނާއި ހަތީބުންގެ 20 މީހަކު މައްކާއަށް ފޮނުވަން ނިންމައިފި އެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުންނާއި ހަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރިވުމަށް 20 މީހުން އަންނަ ހުކުރު ދުވަހު ފުރާނެ ކަމަށާއި ދެވަނަ ޕްރޮގްރާމުގައި ބައިވެރިވުމަށް ބައެއް އިމާމުން އަންނަ އެޕްރީލް މަހު ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.