މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު20 އަހަރުގެ އިންޑިޔާ މީހާ މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް 13:40 ހާއި އެމީހާވަނީ މަރުވެފައިއެވެ.
ޗާންދަނީ މަގުގައި ހުންނަ އެ އިމާރާތުގެ މަތިން އެމީހާ ވެއްޓުނީ އޭސީ މަރާމާތު ކުރަން ވެގެން ވައި ގޮޅިއަށް އަރާ އުޅެނިކޮށެވެ. ބިން މައްޗަށް ވެއްޓި، އޭނާގެހަށިގަނޑުގެ ގިނަ ތަންތަނަށް ގެއްލުން ލިބިފައިވާއިރު، ބޮލަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެކަން ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.