-Advertisement-

-Advertisement-

ކުށްތަކަށް އަރައިގަނެފައިވާ 186 ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓުކޮށްފި

ބިދޭސީންތަކެއް ތަނެއްގައި މަޑުކޮށްލައިގެން /ފޮޓޯ: އަވަސް

ކުށްތަކަށް އަރައިގަނެފައިވާ 186 ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓުކޮށްފިއެވެ.

މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާނު ވިދާޅުވީ ސެލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާކަމަށާއި، އެފަދަ ކަންކަމުގައި ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކުރާކަންވެސް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ތަންތަނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށާއި، އެފަދަ މީހުން ދެނެގަނެ، ވަގުތުން ޑީޕޯޓު ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން މިހާރު 12 ގައުމަކަށް ނިސްބަތްވާ 186 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

ޑީޕޯޓުކޮށްފައިވަނީ:

  • ބަންގްލަދޭޝް 83
  • އިންޑިއާ 43
  • ސްރީލަންކާ 25
  • ނޭޕާލް 8
  • ވިއެޓްނާމް 8
  • ތައިލެންޑް 7
  • ޕިލިޕީންސް 4
  • ނައިޖީރިއާ 3
  • ބްރެޒިލް 2
  • ޕާކިސްތާން 1
  • ރަޝިޔާ 1
  • ލެޓްވިއަން 1 ނިސްބަތްވާ މީހުންނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-