-Advertisement-

-Advertisement-

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީ

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަދި މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ރައީސް ކަމަށް ކުރިމަތިލާން އެދޭ އެ ޕާޓީގެ މެންބަރުން، އެކަމަށް އެދޭ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއެކު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެމްޑީޕީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެން ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސާފަ އެވެ. މިހާރުވެސް އެ މަގާމުގައި ހުންނެވީ އެމަނިކުފާނެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުގެ މަހެއްހާ ދުވަސް ކުރިން، އެ ޕާޓީގެ އޭރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-