-Advertisement-

-Advertisement-

ގެދޮރުވެރިޔާ ފްލެޓު: ޝަރުތު ހަމަވާ މީހުންނަށް އަންނަ ހަފްތާގައި ފްލެޓު ދޫކުރަން ފަށަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ގެދޮރުވެރިޔާ ފްލެޓުތަކަށް ޝަރުތު ހަމަވާ މީހުންނަށް އަންނަ ހަފްތާގައި ފްލެޓު ދޫކުރަން ފަށަން ނިންމައިފިއެވެ.

ފްލެޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ރައްޔިތުންގެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، ޝަރުތު ހަމަވާ ކަމަށް އޭސީސީން ފޮނުވާފައިވާ ލިސްޓުން އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.

އެލިސްޓްގައި ހުރީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 20 ޕަސަންޓު މީހުންގެ ފޯމު ނަންބަރުތައް އެކަނި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފްލެޓް ލިބިފައި ވަނީ ކޮން ބަޔަކަށްކަން އެނގޭނީ ފްލެޓަށް ހުށަހެޅި މިނިސްޓްރީގެ ޕޯޓަލްއަށް އެކްސެސް ވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ، އޭސީސީގެ ތަހުގީގު ފުރިހަމަނުވާތީ މިނިސްޓްރީން ޕޯޓަލަށް މިވަގުތު ނުވަދެވޭ ކަމަށާއި، އެހެންވެ ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ނިންމި މީހުންގެ ޝަރުތު ހަމަނުވާ ސަބަބު ބެލުމަށްޓަކައި ފޯމުތައް އަލުން ޗެކްކުރުމުގެ ފުރުސަތެއް އަދި ނެތް ކަމަށެވެ.

ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-