-Advertisement-

-Advertisement-

އާބަންކޯއިން އަލުން އެޗްޑީސީއަށް ނަން ބަދަލުކުރަން 776،000 ރުފިޔާ

ފޮޓޯ: އެޗް.ޑި.ސީ

ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން މިދިޔަ ސަރުކާރުން އާބަންކޯއަށް ބަދަލުކޮށްފައި އޮއްވައި، އެ ކުންފުނީގެ ނަން އަލުން އެޗްޑީސީއަށް ބަދަލުކުރަން 776،547.93 ރުފިޔާ ޚަރަދުވީ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެޗްޑީސީގެ ނަމުގައި ހިންގަމުން އައި ކުންފުނި، އާބަންކޯއަށް ބަދަލުކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރުގައި ކަމަށް އެ ކުންފުނިން ކުރިން ބުނި ނަމަވެސް، ރަސްމީކޮށް ކުންފުނި ރީބްރޭންޑް ކުރިކަން އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

އެކަމަކު، އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން މިދިޔަ މަހު 18ގައި އަނެއްކާ ވެސް އާބަންކޯގެ ނަން އެޗްޑީސީއަށް ވަނީ ބަދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށް ޖުމުލަ 776،547.93 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާބަންކޯގެ ނަން އަލުން އެޗްޑީސީއަށް ބަދަލުކުރަން މިދިޔަ މަހު އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތަށް ވެސް 186،300 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެ ޚަރަދުތަކުގެ ތަފުސީލާއި މަސައްކަތް ކުރި ކުންފުނި:

  • މައި އޮފީހުގެ ލޯގޯ ބަދަލުކުރުން – 293،846.40 ރުފިޔާ – ޕްރިންޓް ލައިން
  • ޑިޕާޓްމަންޓުތަކާއި ސައިޓް އޮފީސްތަކުގެ ލޯގޯ ބަދަލުކުރުން – 60،594.85 ރުފިޔާ – އެންކޯ ހޯލްޑިންގްސް
  • މައި އޮފީހުގެ ލިސްޓް ސްޓިކާ ބަދަލުކުރަން – 8،933.76 ރުފިޔާ – އެންކޯ ހޯލްޑިންގްސް
  • ރަސްމީ ދިދައާއި ލެޑާހެޑް ހިމެނޭހެން ޕްރިންޓިން – 226،872.92 ރުފިޔާ – ޕްރިންޓް ހައުސް
  • ނަން ބަދަލުކުރަން ބޭއްވި ރަސްމިއްޔާތަށް ނާސްތާއާ އެކު – 186،300.00 ރުފިޔާ – ޗޮޕް އާޓު

އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބްރޭންޑަކީ ކުރިން ވެސް ބޭނުންކުރި ބްރޭންޑަކަށްވުމުން، ލޯގޯއަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތައް ގެނެސްފައިވަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ހޭދައެއް ކުރަންޖެހިފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-