-Advertisement-

-Advertisement-

ޔާމީންގެ ތާއީދާ އެކު މަޖިލީހަށް 47 ކެންޑިޑޭޓުން

ފޮޓޯ؛ މަލީހް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާ އެކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް 47 ކެންޑިޑޭޓުން ނެރުއްވައިފިއެވެ.

ޔާމީން ގެންދަވަނީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެބޭފުޅާ މިހާރު ހުންނެވީ ގޭބަންދުގައިއެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރަން އިއްޔެ 28 ބޭފުޅަކު ފޯމު ހުށަހަޅުއްވާފައިވާ ކަމަށާއި، މިއަދު އިތުރު 19 ބޭފުޅުން ފޯމު ލައްވާނެ ކަމަށެވެ. އެހެންކަމުން ޖުމުލަ އެ މަނިކުފާނުގެ 47 ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވާނެއެވެ.

ޔާމީންގެ ފުރިހަމަ ތާއީދާ އެކު އުފެދުނު ޕީޕީއެމް/ޕީއެންސީގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް އެ މަނިކުފާނު އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށްފަހުގައި، ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މި ވަގުތު ގޭބަންދެއްގައި ހުންނެވި ޔާމީނަށް ސިޔާސީ ކަންކަމުގައި އުޅުއްވުން މަނާވި ނަމަވެސް އެ މަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-