-Advertisement-

-Advertisement-

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިފި

ފޮޓޯ؛ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ އެ ކޯލިޝަނުން ނަގައިފި އެވެ.

އެ ކޯލިޝަންގެ މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށެވެ. “އެ މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުންނުވާކަން މިހާރު ރައްޔިތުންގެ މަޖިލީހަށް ވާނީ އަންގާފަ،” އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކު އެވެ.

މި މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފައިވާއިރު އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށް މިމަހުގެ ހަތަރު ވަނަ ދުވަހު ފޮނުވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-