-Advertisement-

-Advertisement-

ގުޅީފަޅު ހިއްކުން މަޑު ޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ގުޅީ ފަޅު ހިއްކުމުގެ މަޝްރޫއު މަޑު ޖައްސާލަން ހައި ކޯޓުން މިހާރު ވަނީ އަމުރު ކޮށްފަ

ގުޅީފަޅު ހިއްކުން މަޑު ޖައްސާލަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށް ދަނީ ތިމާވެށްޓައް ބޮޑެތި ގެއްލުނަތެކެއް ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުނަސް، ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ނަމަވެސް މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން އަމުރުކޮށްފައެވެ.ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވީއިރު، އެ ތަނުނ ް150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށާއި ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-