-Advertisement-

-Advertisement-

މާލޭގައި ތަރައްގީ ކުރާ ކެންސަރު ހޮސްޕިޓަލް ދަރުމަވަންތައިގެ ފަހަތުގައި އަޅަނީ

ދަރުމަވަންތަ ހޮސްޕިޓަލް

މާލޭގައި ތަރައްގީ ކުރާ ކެންސަރު ހޮސްޕިޓަލް ދަރުމަވަންތައިގެ ފަހަތުގައި އޮތް ހުސް ބިމުގައި އަޅަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަލީލް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައިކަމަށެވެ.

މި ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ހެލްތު މިނިސްޓްރީން މިއަދު އިއުލާން ކޮށްފައިވާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ފަހު tender@health.gov.mv އަށް އީމެއިލްކުރުމަށް ވަނީ އެދިފައެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގައެވެ.

މި މަޝްރޫގެ ދަށުން ފުރަތަމަ ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައިވީ ލ. ގަމުގައެވެ. ނަމަވެސް މިދިޔަ ސަރުކާރުގެ ދައުރު ހަމަވި އިރުވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައި ނުވުމާއި ގުޅިގެން މި ސަރުކާރުން ނިންމީ ކެންސަރު ހޮސްޕިޓަލް މާލޭގައި އެޅުމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-