-Advertisement-

-Advertisement-

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަ ހައުސިން ސްކީމެއް ކުރިއަށްގެންދަނީ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަ ހައުސިން ސްކީމެއް ކުރިއަށްގެންދަން ނިންމާފައިވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ “ރައީސް ގެ ޖަވާބު”ގެ ނަމުގައި އީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މިހާރު ކެބިނެޓުން އޮންނާނެ ނިންމާފަވެސް އެކަންތައް. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ރައްޔިތުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރޭގައި ކުރިއަށް ގެންދަން،” — ރައީސް

އެ މަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޒުވާނުންނަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ބައެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެކިއެކި ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާއިރު އެ މަޝްރޫއުތަކުން ވަކި އިންސައްތައެއް ޓޫރިޒަމް ދާއިރާއަަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

“މާނައަކީ ހަމައެކަނި މާލެ ހުޅުމާލެ މި ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކަކުން ނޫނޭ ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްތައް ނޫނީ ހައުސިން ޔުނިޓް ލިބޭނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޕްރޮޖެކްޓްސް ހިންގޭނެ. އެ ހިންގާއިރުގައި އެ ސަރަހައްދެއްގައި ހުރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެ ސަރަހައްދުން ފްލެޓް ނޫނީ ހައުސިން ޔުނިޓްތަކުން ޖާގަ ލިބޭ ގޮތަށް އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،” — ރައީސް

ދައުރުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-