-Advertisement-

-Advertisement-

ނަން ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފި

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ފަރާތުން ކުރި އިއުލާނެއްގައި ބުނީ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ކުރިން ނަން އަނބުރާ ގެންދިއުމަށް ފޯމު ހުށަހަޅަންވާނެ ކަމަށެވެ.

ނަން އަނބުރާ ގެންދިއުމަށް ހުށަހަޅަންޖެހޭ ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-