މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކުރި ދެ މީހުނެވެ.
ހޯދުމަށް އިއުލާން ކޮށްފައިވަނީ:.
ޢަބްދުﷲ މުޙައްމަދު، ކ. މާލެ / މއ. ކެދިފަށުވިގެ (61އ)
އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ، (42އ)
އެ ދެ މީހުން ހާޒިރުވާން ޖެހެނީ ފެބްރުއަރީ 24 ވަނަ ދުވަހު ހެނދުނު 10:00 އަށް މުލީ ޕޮލިސް ސްޓޭޝަނަށެވެ.