އިގްތިޞާދު ރިފޯމް ކުރެވި ބޮޑެތި މަޝްރޫއުތައް ހިނގަން ފެށުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
‘ރައީސްގެ ޖަވާބު’ ގެ މިއަދުގެ ޕްރޮގްރާމްގައި ކ. މާފުށި، ޖަންބުމާގޭ، އަހްމަދު ސަމީރު ވަނީ އާންމުންނަށް ޑޮލަރު ހޯދަން ހުރި ދަތިތައް ހިއްސާކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ދަތިކަން ހައްލުކުރަން މަސައްކަތް ކުރާކަމަށެވެ.
މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓޭނެ ވަގުތަކާ ގުޅިގެން ސަމީރު ކުރި ސުވާލަށް ޖަވާބުދެމުން ރައީސް ވިދާޅުވީ، މި އަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓައިދެއްވާނެ ކަމަށެވެ.
ބޭންކުތަކަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ވެސް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.