ގުޅީފަޅު ހިއްކުން ނުހުއްޓާ ކުރިއަށް ގެންދެވޭ ގޮތަށް ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސްޕްރީމް ކޯޓުން މި އަމުރު ކޮށްފައިވަނީ ގުޅީފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން އަމުރު ކޮށްފައި ވަނިކޮށެވެ.
ހައި ކޯޓުން މި އަމުރު ކޮށްފައިވަނީ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާކަމަށް ބުނެއެވެ.
މި މައްސަލަ އިސްތިއުނާފް ކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ސްޕްރީމް ކޯޓުގައި އެދިފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފައެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ އަމުރަށް އަމަލުނުކުރާން އަންގައިފައެވެ.